ލުނބޮއަކީ އަޅުގަނޑުމެންގެ ކެއުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ބާވަތެކެވެ.
އާއްމުކޮށް ލުނބޯ ބޭނުންކޮށްލުމަށްފަހު އޭގެ ތޮށިގަނޑު ގިނަ ފަހަރަށް ބޭކާރު އެއްޗެއްގެ ގޮތުގައި ބެލެވުނު ނަމަވެސް އެއިން ކުރެވިދާނެ ވަރަށް ގިނަ ބޭނުންތައް އެބަހުއްޓެވެ.
ކެއުމުގެ ބާވަތްތައް ތައްޔާރުކޮށްލުމަށް ލުނބޯ ތޮށި ބައެއް މީހުން ބޭނުން ކުރާއިރު މިއީ ގަސް ހެއްދުމަށް ލޯބިކުރާ ފަރާތްތަކަށް ވެސް ވަރަށް މުހިއްމު ބޭނުންތައް އެއިން ކޮށްލެވޭނެ އެއްޗަކަށް ވަނީ ވެފައެވެ.
އެގޮތުން މިއީ ޕެސްޓް ރިޕެލެންޓްސްގެ ގޮތުގައި މަސައްކަތްކޮށް، ފަސްގަނޑުގެ އެސިޑީޓީ ރަނގަޅުކޮށްލަދޭ ބާވަތެކެވެ. ލުނބޯ ތޮށި ބޭނުންކޮށްގެން ޕެސްޓް ރެޕެލެންޓް ތައްޔާރުކުރުމަށް ފަޅިކޮށްފައިވާ ހަ ލުނބޯ ހަތަރު ތަށި ފެނުގައި ރޭގަނޑު ނިދުމުގެ ކުރިން ބަހައްޓާށެވެ.
